ތިންވަނަ އަޑުގެ ތަޢާރަފް

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ

އަޅުގަނޑުގެ ނަމަކީ ޙުސައިން ވިސާމެވެ. "ތިންވަނަ އަޑު" މި ނަމުގައި މި ބްލޮގް އުފެއްދުމުގެ މަޤްޞަދަކީ، މުޖުތަމަޢުގައި ހިނގާ ކަންކަމާއި މައްސަލަތަކުގެ އަސްލު ޙަޤީޤަތް ހާމަކޮށްދިނުމެވެ. އެއީ ގިނަފަހަރު، ކަންކަމުގެ އަސްލު އޮޅުވާލައި، ނުރަނގަޅު ރަނގަޅަށް އަދި ރަނގަޅު ނުރަނގަޅަށް ހަދާތަން ފެންނާތީއެވެ.

މި ބްލޮގުގައި އަޅުގަނޑު ގަސްތުކުރަނީ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ވިޔަފާރިއާ ގުޅުންހުރި މައުޟޫޢުތަކާ ބެހޭ ލިޔުންތައް ހިމެނުމަށެވެ. މީގެ އިތުރުން، ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތުތަކުގެ ވާހަކަތައް ވެސް ގެނެސްދިނުމަށް ވިސްނާފައިވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅާއެކު، ވަކި ފަރާތަކަށް ނުޖެހި، ތެދުވެރި އަދި ފައިދާހުރި ލިޔުންތަކެއް ކިޔުންތެރިންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަމެވެ.